thazkiyah (📷 niya)
ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގެ ޖޫނިއަރ ކެޓަގަރީގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ސިލްވަރ މެޑަލް އަމްނާ ތަޒްކިޔާ މިރުޞާދު ހޯދައިފިއެވެ.
މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ މިހާތަނަށް 2 ބްރޯންޒް އަދި 1 ސިލްވަރ މެޑަލް ހޯދާފައެވެ.
ފައިނަލްގައި ތަޒްކިޔާ 50 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 00:29.67 އިންނެވެ. މިއީ މިމުބާރާތުގައި ތަޒްކިޔާ ހޯދި 2 ވަނަ މެޑަލް އެވެ. ފުރަތަމަ ހޯދާފައިވަނީ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ބްރައުންޒް މެޑަލްއެކެވެ. ހަމަ މި މުބާރާތުގައި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.
our sponsors and partners