thazkiyah (📷 niya)
އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓު ނިންމާފައިވަނީ 02:49.59 އިންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިރާލް ޢައިން ލަތީފްއެވެ. އެއީ މިއަހަރު ކުރީކޮޅު ޔޫކޭ ގައި ބޭއްވުނު ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި 02:50.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިމުބާރާތުގައި ތަޒްކިޔާ ވަނީ 200 މީޓަރ ބެކްސްޓްރޯކް އަދި 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް އާކޮށްފައެވެ.
our sponsors and partners