thazkiyah (📷 niya)
ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގެ ޖޫނިއަރ ކެޓަގަރީގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ސިލްވަރ މެޑަލް އަމްނާ ތަޒްކިޔާ މިރުޞާދު ހޯދައިފިއެވެ.
މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ 3 ބްރޯންޒް އަދި 2 ސިލްވަރ މެޑަލް ހޯދާފައެވެ.
މިއީ މިމުބާރާތުގައި ތަޒްކިޔާ ހޯދި 3 ވަނަ މެޑަލް އެވެ. ފުރަތަމަ ހޯދާފައިވަނީ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ބްރައުންޒް މެޑަލްއެކެވެ. ދެވަނައަށް ހޯދާފައިވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓުން ސިލްވަރ މެޑަލް އެކެވެ. ހަމަ މި މުބާރާތުގައި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އަދި 4 ގުނަ 50 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.
our sponsors and partners