thazkiyah
އަންހެނުންގެ ޝޯރޓްކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ތަޒްކިޔާ މިރެކޯރޑް އާކޮށްފައިވަނީ 02.20.65 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީީ، 2014 ވަނަ އަހަރު ބޭއްވުނު ފީނާ ސްވިމިންގ ވޯލްޑް ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 02.28.41 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners