thazkiyah
އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ތަޒްކިޔާ މިރެކޯރޑް އާކޮށްފައިވަނީ 00.28.55 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރު މެދުތެރޭގައި ބޭއްވުނު ޔޫ.ޑަބްލިއު.އޭ ވެސްޓްކޯސްޓް ކްލަބް ނައިޓް ނަންބަރ 7 ގައި 00.28.75 އިން ރޭސް ނިންމައިގެން އައިޝަތު ޢުލްޔާ ޝާއިޤްއެވެ.
our sponsors and partners