ދުއިސައްތަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކޮށްފި

thazkiyah

އަންހެނުންގެ ޝޯރޓްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ތަޒްކިޔާ މިރެކޯރޑް އާކޮށްފައިވަނީ 02.42.67 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރު މެދުތެރޭގައި ބޭއްވުނު ރަޝްމޫރ ރޯޔަލްސް ސަމަރ (އެލް2) ޝޯރޓްކޯސް އޯޕަން މީޓް 2024 ގައި 02.45.14 އިން ރޭސް ނިންމައިގެން މިރާލް ޢައިން ލަތީފް އެވެ.


our sponsors and partners

ދުއިސައްތަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކޮށްފި