ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި

meral

އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި މިރާލް މިރެކޯރޑް އާކޮށްފައިވަނީ 00.31.41 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ޢާއިޝަަތު ޢުލްޔާ ޝާއިޤްއެވެ. އެއީ މިއަހަރު މެދުތެރޭގައި ބޭއްވުނު ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 ގައި ވާދަކޮށް، 00.31.76 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އާކޮށްފި