rihan
ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ. ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިޙާން މިރެކޯރޑް އާކޮށްފައިވަނީ 00.29.06 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ޢަލީ އިމްޢާން އެވެ. އެއީ 2021 ވަނަ އަހަރު ބޭއްވުނު ސްވިމިންގ ވޯރލްޑް ކަޕް 2021 (ލެގް 4)ގައި 00.29.23 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners