ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި

rihan

ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ. ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިޙާން މިރެކޯރޑް އާކޮށްފައިވަނީ 02.21.75 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ރިޙާން އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު 16 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 02.27.12 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި