ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި

rihan

ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ. ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިޙާން މިރެކޯރޑް އާކޮށްފައިވަނީ 00.27.06 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ނިޝްވާން އިބްރާޙީމެވެ. އެއީ، 2014 ވަނަ އަހަރު ބޭއްވުނު 12 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 00.27.68 އިން މިއިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި