hamna
އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙްމަދު އާކޮށްފިއެވެ. ހަންގޭރީގައި ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި ޙަމްނާ މިރެކޯރޑް އާކޮށްފައިވަނީ 00.37.13 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ޙަމްނާ އެވެ. އެއީ މިދިޔަ އަހަރު ހަންގޭރީގައި ބޭއްވުނު އެޤައުމުގެ ޝޯރޓްކޯސް ޤައުމީ މުބާރާތުގައި 00.37.88 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners