ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި

aan

ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. ހަންގޭރީގައި ކުރިއަށްދިޔަ 2 ވަނަ ޝޯރޓް ޓްރެކް ބުޑަ ކަޕްގައި އާން މިރެކޯރޑް އާކޮށްފައިވަނީ 00:54.89 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ނިޝްވާން އިބްރާޙީމެވެ. ނިޝްވާން އެފަހަރު 100 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 00:56.25 އިންނެވެ.


our sponsors and partners

ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި