aan
ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓް ޓްރެކް ޗެމްޕިއަންޝިޕް ގައި އާން މިރެކޯރޑް އާކޮށްފައިވަނީ 00:28.22 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރު މެދުތެރޭގައި ބޭއްވި އޭ.އޯ.އެސް.އައި ޝޯރޓްކޯސް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މުޙައްމަދު ރިހާން ޝިޙާމެވެ. 50 މީޓަރ ބެކްސްޓްރޯކް އިވެންޓު ރިހާން ނިންމާފައިވަނީ 00.29.06 އިންނެވެ.
our sponsors and partners