ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި

aan

ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި އާން މިރެކޯރޑް އާކޮށްފައިވަނީ 00.23.79 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، މިދިޔަމަހު ބޭއްވުނު 2 ވަނަ ޝޯރޓް ޓްރެކް ބުޑަ ކަޕްގައި 00:24.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި