ދުއިސައްތަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި

aan

ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި އާން މިރެކޯރޑް އާކޮށްފައިވަނީ 02:01.08 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރު މެދުތެރޭގައި ބޭއްވި އޭ.އޯ.އެސް.އައި ޝޯރޓްކޯސް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މުޙައްމަދު ރިހާން ޝިޙާމެވެ. 200 މީޓަރ ފްރީސްޓައިލް އިވެންޓު ރިހާން ނިންމާފައިވަނީ 02.03.06 އިންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި