hamna
އަންހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙްމަދު އާކޮށްފިއެވެ. ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި ޙަމްނާ މިރެކޯރޑް އާކޮށްފައިވަނީ 03:00.53 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. އައިޝަތު ސާޖިނާ އެފަހަރު މި އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 03:08.91 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners