hamna
އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙްމަދު އާކޮށްފިއެވެ. ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި ޙަމްނާ މިރެކޯރޑް އާކޮށްފައިވަނީ 01:22.65 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ޙަމްނާއެވެ. އެއީ، މިއަހަރުގެ ސެޕްޓެމްބަރ މަހު ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި 01.23.76 އިން ރޭސް ނިންމައިގެންނެވެ.
our sponsors and partners