aan
ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. ހަންގޭރީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި އާން މިރެކޯރޑް އާކޮށްފައިވަނީ 00:52.29 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، މިދިޔަމަހު ހަންގޭރީގައި ބޭއްވުނު އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި 00:53.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners