meral
އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭ ގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސް ގައި މިރާލް މިރެކޯރޑް އާކޮށްފައިވަނީ 02:45.93 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ، މިދިޔައަހަރު ސްރީލަންކާގައި ބޭއްވުނު އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 02:49.55 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners