meral
އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭ ގައި ކުރިއަށްދިޔަ ވެލްޝް ކެޕިޓަލް އޯޕަންމީޓް ގައި މިރާލް މިރެކޯރޑް އާކޮށްފައިވަނީ 05:49.59 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ޢީން އައްބާސް ޝަރީފް އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު ތައިލަންޑް ޝޯޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 06:26.56 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners