ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި

ulya

އަންހެނުންގެ ލޯންގކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ. އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސް ގައި ޢުލްޔާ މިރެކޯރޑް އާކޮށްފައިވަނީ 00:28.64 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޢުލްޔާ އެވެ. އެއީ މިދިޔައަހަރު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖްގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 00:29.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި