ulya
އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ. އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސް ގައި ޢުލްޔާ މިރެކޯރޑް އާކޮށްފައިވަނީ 00:34.18 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ، 2023 ވަނަ އަހަރު ބޭވުނު 11 ވަނަ އިންޑިއަން އޯޝަލް އައިލަންޑް ގޭމްސްގައެވެ. ސައުސަން އެފަހަރު 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފައިވަނީ 00:34.32 އިންނެވެ.
our sponsors and partners