ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި

ulya

އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ. އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ޔޫ.ޑަބްލިއު.އެސް.ސީ (ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކްލަބް) ކްލަބް ނައިޓް ނަންބަރު 5 ގައި ޢުލްޔާ މިރެކޯރޑް އާކޮށްފައިވަނީ 01:04.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ، މިދިޔައަހަރު ސްރީލަންކާގައި ބޭއްވުނު އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 01:05.03 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި