hamna
އަންހެނުންގެ ލޯންގކޯސް 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙުމަދު އާކޮށްފިއެވެ. ހަންގޭރީގައި ކުރިއަށް ދާ އެޤައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި ޙަމްނާ މިރެކޯރޑް އާކޮށްފައިވަނީ 01:23.38 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މީގެ 9 އަހަރު ކުރިން އައިޝަތު ސާޖިނާ އެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 01:24.65 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners