ފަންސާސް މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި

aan

ފިރިހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. ހަންގޭރީގައި ކުރިއަށް ދިޔަ އެޤައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި އާން މިރެކޯރޑް އާކޮށްފައިވަނީ 00.26.77 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މުޙައްމަދު ރިޙާން ޝިޙާމެވެ. އެ މުބާރާތުގައި ރިޙާން ރޭސް ފުރިހަމަކޮށްފައިވަނީ 00.26.98 އިންނެވެ.


our sponsors and partners

ފަންސާސް މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި