ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވާ ދިވެހި ފެތުންތެރިން ސިންގަޕޫރަށް ފުރައިފި

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށްޓަކައި ގައުމީ ފެތުންތެރިންގެ ޓީމު ސިންގަޕޫރަށް ދަތުރު ފަށައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަިވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހި ފެތުންތެރިން ވާދަކުރާ ފެތުމުގެ އިވެންޓްތައް ކުރިއަށްދާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ. މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ހުނަރުވެރި ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުޞާދު، އާން ހުސައިން، މުޙައްމަދު ރިހާން ޝިހާމް އަދި މިރާލް ޢައިން ލަޠީފެވެ.


our sponsors and partners

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވާ ދިވެހި ފެތުންތެރިން ސިންގަޕޫރަށް ފުރައިފި