meral
އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭ ގައި ކުރިއަށްދިޔަ އޭޕީ ރޭސް: ޕްލިމަތް ސަމަރ އޯޕަން 2025 ގައި މިރާލް މި ޤައުމީ ރެކޯޑު އާކޮށްފައިވަނީ 02:37.66 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިރޭހުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިދިޔައަހަރު ތައިލަންޑުގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 މުބާރާތުގައި އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. ތަޒްކިޔާގެ ވަގުތަކީ 02.42.67 އެވެ.
our sponsors and partners