ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކޮށްފި

thazkiyah

އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ މިރެކޯރޑް އާކޮށްފައިވަނީ 01:13.49 އިން ރޭސް ނިންމައިގެންނެވެ.

މިއިވެންޓުގެ ޤަައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ހަމްނާ އަޙްމަދެވެ. އެއީ 2024 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 01:17.69 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކޮށްފި