ސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކޮށްފި

thazkiyah

އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ މިރެކޯރޑް އާކޮށްފައިވަނީ 01:04.04 އިން ރޭސް ނިންމައިގެންނެވެ.

މިއިވެންޓުގެ ޤަައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ވަނީ، ޔޫ.ޑަބްލިއު.އެސް.ސީ (ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކްލަބް) ކްލަބް ނައިޓް ނަންބަރު 5 ގައި ޢާއިޝަަތު ޢުލްޔާ ޝާއިޤް އެވެ. ޢުލްޔާ މިރެކޯރޑް އޭރު އާކޮށްފައިވަނީ 01:04.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކޮށްފި