ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި

aan

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އާން މިރެކޯރޑް އާކޮށްފައިވަނީ 00:23.81 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ މިދިޔަ އަހަރު ޕެރިހުގައި ބޭއްވި ޕެރިސް 2024 އޮލިމްޕިކް ގޭމްސްގައި 00:24.22 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާން އާކޮށްފި