team maldives
ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ލޯންގކޯސް ޤައުމީ ރެކޯރޑް އާކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހި ޓީމު މިރެކޯރޑް އާކޮށްފައިވަނީ 04:04.21 އިން ރޭސް ނިންމައިގެންނެވެ. މިރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު, މިރާލް ޢައިން ލަތީފް، މުޙައްމަދު އާން ޙުސައިން އަދި މުޙައްމަދު ރިޙާން ޝިހާމް އެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ، 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި، 04.12.35 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. އެފަހަރުގެ ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނުނީ، މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، ޢާއިޝަތު ޢުލްޔާ ޝާއިޤް، އަދި ޢާއިޝަތު ޢައިނީ އަބްދުލް ހަމީދު އެވެ.
our sponsors and partners