ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި

ulya

އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ. އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިންގ ވެސްޓަރން އޮސްޓްރޭލިއާ ޝޯރޓްކޯސް ޗެމްޕިއަންޝިޕްސްގައި ޢުލްޔާ މިރެކޯރޑް އާކޮށްފައިވަނީ 00:28.41 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ  އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ ތައިލަންޑުގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00.28.55 އިން އިވެންޓު ނިންމައިގެންނެވެ.


our sponsors and partners

ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި