ހަތަރެއް ގުނަ 100 މީޓަރު އަންހެން، ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފި

women’s team

އަންހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފިއެވެ. ދިވެހި ފެތުންތެރިން މި ރެކޯޑު އާކޮށްފައިވަނީ މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 04:28.16 އިން ރިލޭ އިވެންޓު ފުރިހަމަކޮށްގެންނެވެ. މި ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު، މިރާލް ޢައިން ލަޠީފް، ސާރާ މުޙައްމަދު އަދި ޢާއިޝަތު އަލީނާ ޝާހިދު އެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު އިންޑިއާގެ ގްވަހަތީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. އައިމިނަތު ޝަޖަން، އާއިޝަތު ސާޖިނާ، އައިޝަތު ސައުސަން އަދި އަންމާޢު އަޙްމަދު ސަލީމް ފެތި މި އިވެންޓުގެ ޤައުމީ ރެކޯޑު އެފަހަރު އާކޮށްފައިވަނީ 04:44.87 އިން އިވެންޓު ނިންމައިގެންނެވެ.


our sponsors and partners

ހަތަރެއް ގުނަ 100 މީޓަރު އަންހެން، ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފި