ހަތަރެއް ގުނަ 100 މީޓަރު އަންހެން، މެޑްލޭ ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފި

women’s team

މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި، އަންހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓު 05:04.04 އިން ނިންމައި، ޤައުމީ ރެކޯޑު އާކޮށްފިއެވެ. މި ރިކޯރޑް އާކުރި ޓީމުގައި ހިމެނެނީ މަލައިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، މިރާލް ޢައިން ލަޠީފް އަދި އަމްނާ ތަޒްކިޔާ މިރުޞާދު އެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ މަޑަގަސްކަރާގައި 2023 ވަނަ އަހަރު ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި، 05.15.09 އިން މި ރިލޭ އިވެންޓު ފުރިހަމަކޮށްގެންނެވެ. އެފަހަރު މިޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނުނީ އާއިޝަތު ސައުސަން، ޒައިނަބް އަބްދުﷲ ޝަފީޤް، ޙަނާން ޙުސައިން ޙަލީމް އަދި މިރާލް އައިން ލަތީފް އެވެ.

ރޮމޭނިއާ ގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިން ވަނީ މުޅި ޖުމްލަ 9 އިވެންޓަކުން، 10 ޤައުމީ ރެކޯޑު އާކޮށްފައެވެ.


our sponsors and partners

ހަތަރެއް ގުނަ 100 މީޓަރު އަންހެން، މެޑްލޭ ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފި