ދުއިސައްތަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އިޒްޔާން އާކޮށްފި

izyan

ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިޒްޔާން ނާޒިމް އާކޮށްފިއެވެ. އިޒްޔާން މި ރެކޯޑު އާކޮށްފައިވަނީ ތައިލަންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025 ގައި ވާދަކޮށް، 02:31.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އިޒްޔާން އެވެ. އެއީ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 02:37.35 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އިޒްޔާން އާކޮށްފި