meral
އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭގައި ކުރިއަށްދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓް 2025 ގައި މިރާލް މިރެކޯޑު އާކޮށްފައިވަނީ 01:13.63 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަންއެވެ. 2021 ވަނަ އަހަރު ބޭއްވި 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ސައުސަން ރޭސް ނިންމާފައިވަނީ 01:14.03 އިންނެވެ.
our sponsors and partners