thazkiyah
އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ބަޙްރައިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ތަޒްކިޔާ މި ރެކޯޑު އާކޮށްފައިވަނީ 02:45.97 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވި އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 02:51.26 އިން ނިންމައިގެންނެވެ.
our sponsors and partners