swimming team
ފިރިހެނުންގެ ލޯންގް ކޯސް، 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. ލޫޠު މުހައްމަދު ހުސެއިން، އިމްޢާން ޢަލީ، މުޙައްމަދު ރިޙާން ޝިހާމް އަދި މުހައްމަދު އައިދިން ނިޔާޒު ހިމެނޭ މި ޓީމުން މި ރެކޯޑު އާކޮށްފައިވަނީ މިހާރު ސައޫދީ އަރަބިއްޔާގެ، ރިޔާދުގައި ކުރިއަށްދާ 6 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ގައި 04:25.25 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ 2023 ވަނަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައެވެ. މުޙައްމަދު ރިޙާން ޝިހާމް، މުބާލް ޢައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ އަދި އަޙްމަދު ނީޤް ނިޔާޒު ފެތި މި އިވެންޓު އެފަހަރު ނިންމާފައިވަނީ 04.25.69 އިންނެވެ.
our sponsors and partners