Swimming Association of Maldives
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި، 18 ވަނަ ސްވިމިންގް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފެތުންތެރިންގެ ގޮތުގައި ޖާއިޝް، ޒިވާ، އަލްމާން، ޒާޔާ، ޒާކިން، ތަޒްކިޔާ، އާން އަދި އަންޖަލް ހޮވިއްޖެއެވެ.
މި ފެތުންތެރިންގެ ތެރެއިން މޫސާ ޖާއިޝް ސަނާއުﷲ ޝަކީބް އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ އީއޭޑީ ކެޓަގަރީގެ ފިރިހެން ކުދިންގެ ބައިންނެވެ. މި ކެޓަގަރީގެ އަންހެންކުދިންގެ ބައިން އެންމެ މޮޅު ފެތުންތެރިޔަކަށް ހޮވިފައިވަނީ މަރިޔަމް ޒިވާ ޒާހިދެވެ.
މުޙައްމަދު އަލްމާން ޒޫމަލް ރަޝީދު އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ފިރިހެން ކުދިންގެ ޖޫނިޔަރ އޭ ކެޓަގަރީންނެވެ. މި ކެޓަގަރީގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވިފައި ވަނީ އައިޝާ ޒާޔާ ހުސައިން އެވެ. ޒާކިން އަޝްރަފް އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ފިރިހެން ކުދިންގެ ޖޫނިއަރ ބީ ކެޓަގަރީންނެވެ. މި ކެޓަގަރީގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވިފައި ވަނީ އަމްނާ ތަޒްކިޔާ މިރުޝާދެވެ.
ސީނިއަރ ކެޓަކގަރީގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވިފައިވަނީ މުޙައްމަދު އާން ހުސައިން އެވެ. އަދި މި ކެޓަގަރީގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވިފައިވަނީ ފާތިމަތު އަންޖަލް ފަޔާޒެވެ.
އަދި މީގެ އިތުރުން މިއިން ކޮންމެ ކެޓަގަރީއެއްގެ ދެވަނަ އަދި ތިންވަނައަށް އައި ފެތުންތރިންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ ޓްރޮފީ އާއި މެޑެލް ހަވާލުކޮށްދެއްވާފައެވެ.
ނޮވެމްބަރު މުހުގެ 24 ވަނަދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި އެކި ކެޓަގަރީތަކުގައި 200 އަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ. މި މުބާރާތުން ވަނަތަކަށްދިޔަ ފެތުންތެރިންނަށް މެޑެލް އަދި އިނާމު ދެއްވީ އެކަމަށްޓަކައި 29 ނޮވެމްބަރު 2025 ވަނަދުވަހު ހުޅުމާލެ ސްވިމިންގ ޕޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
our sponsors and partners