2026 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2026 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ ޕާރޓިސިޕަންޓް ސެލެކްޝަންއަށް 1 އަންހެން އަދި 1 ފިރިހެން ކުއްޖެއްގެ ނަން ހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.
މިސެޝަނުގައި ދިވެހިރާއްޖެ ތަމްޞީލުކުރާ ބައިވެރިން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.
ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 09 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.
ސެޝަނުގެ މަޢުލޫމާތު:
- ސެޝަނުގެ ނަން: 66 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެމްބެސެޑަރސް
- އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
ބޭއްވޭޭ ތާރީޚް: 2026 ވަނަ އަހަރުގެ ޖޫން މަހުގެ 6 ން 189 އަށް - ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 09 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް
- ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ޝެންގަން ވިސާ ހެއްދުމަށް އިންޑިއާއަށް ނުވަތަ ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.
މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
- • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
• މޯޓިވޭޝަން ލެޓަރ (500 ބަހަށްވުރެ ގިނަ ނުވާނެހެން)
• ކުރިއަށް ގެންދަން ގަސްތުކުރާ ހަރަކާރްތަކުގެ ޕްލޭން (500 ބަހަށްވުރެ ގިނަ ނުވާނެހެން)
• ނޮމިނޭޝަން ލެޓަރ.
• ބަހުގެ ފެންވަރު އަންގައިދޭ ސެޓްފިކެޓް.
• ޕާސްޕޯޓް ސައިޒުގެ ފޮޓޯ.
• އެމީހެއްގެ ވަނަވަރު.
• ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
• ޕާސްޕޯރޓް ސްކޭން (31 ޑިސެމްބަރ 2025 އަށް މުއްދަތު ހަމަނުވާ)
• އިގުރާރު (ޑިކްލަރޭޝަން އޮފް ކޮންސެންޓް)
މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- 20 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2026 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ނުފުރޭ ފަރާތްތައް)
- މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
- އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
- އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަން ނުވަތަ އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެންބެސެޑަރސްގެ ސެޝަނެއްގައި މީގެކުރިން ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
- ދިވެހިރައްޔިތެއް ކަމުގައިވުން.
މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.
- ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
- މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
- ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
- ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
- ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.
މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):
- އޮލިމްޕިކް ވެލިއުސް އާއި ބެހޭ މަޢުލޫމާތު: އޮލިމްޕިކް ވެލިއުސް ޓޫލްކިޓް
- އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ ގެ މިސެޝަނާއި ބެހޭ މަޢުލޫމާތު: ލިންކު
our sponsors and partners