މޯލްޑިވްސް އެކުއަޓިކްސްގެ 2026 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިސް

logo

މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ގަވައިދުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެމަތިން މިޖަމިއްޔާގެ އަހަރީ ޢާއްމު ޖަލްސާ 5 އޭޕުރީލު 2026 ވާ އާދީއްތަ ދުވަހު މާލޭގައި އޮންނާނެއެވެ. ވީމާ މިޖަލްސާއަށް މިޖަމިއްޔާގެ މެންބަރުންނަށް ދަޢުވަތު އަރުވައި ނޯޓިސްދީ އިޢުލާނު ކުރަމެވެ. ޖަލްސާ ބާއްވާ ތަނާ ވަގުތު ފަހުން އިޢުލާނު ކުރެވޭނެއެވެ.

މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ގަވައިދަށް ގެނައި ބަދަލާއެކު މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީއަށް 3 މެންބަރުން އިންތިޚާބުކުރަންޖެހޭތީ 2026 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާގައި އަންނަނިވި 3 މަޤާމަށް މެންބަރުން އިންތިޚާބުކުރުން އޮންނާނެ ވާހަކަވެސް އަންގަމެވެ. މިގޮތުން އިންތިޚާބުކުރަން ހަމަޖެހިފައިވާ މަގާމުތަކަކީ:

  1. މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީގައި ކުލަބު ތަމުސީލުކުރާނެ އަންހެން މެންބަރެއް.
  2. މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީ އަށް ފެތުމުގެ ކުޅިވަރުގެ އެތުލީޓުންގެ ތެރެއިން އިންތިޚާބުކުރާ, 2 ޖިންސުން 2 މެންބަރުން.

މޯލްޑިވްސް އެކުއަޓިކުސްގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެތެރެއިން މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މިޖަމިއްޔާގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމިއްޔާ އަށް ދައްކަންޖެހޭ އަހަރީފީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ދައްކާ މެންބަރުންނަށެވެ.

މޯލްޑިވްސް އެކުއަޓިކްސްގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރީ ކުރާ މެންބަރުންނަށް 2025 ވަނައަހަރުގެ އަހަރީ ރިޕޯޓް، ޖަލްސާގެ ޔައުމިއްޔާ، ބަޖެޓް ރިޕޯޓް ފަދަ ލިޔެކިޔުންތައް ޖަލްސާ ފެށުމުގެ ލަސްވެގެން 7 (ހަތެއް) ދުވަސްކުރިން ހިއްސާކުރާނެއެވެ.

މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ގަވައިދަށް ގެނައި ބަދަލާއެކު މިޖަމިއްޔާގެ ހިންގާ ކޮމިޓީއަށް އިތުރުވާ މެންބަރުން އިންތިޚާބުކުރުންވެސް އަހަރީ ޢާއްމު ޖަލްސާގައި އޮންނާނެއެވެ.

މޯލްޑިވްސް އެކުއަޓިކްސްގެ 2026 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާ

  1. މެންބަރުން ހާޒިރުވުން.
  2. ރޯލްކޯލް އަދި ހާޒިރީ މާަކުކުރުން.
  3. ކީރިތި ޤުރްއާން ކިޔެވުން.
  4. 2025 ވަނައަހަރުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް، ފައިނޭންޝަލް ރިޕޯޓް، ހުށަހަޅައި ފާސްކުރުން.
  5. 2026 ވަނައަހަރުގެ ބަޖެޓު ފާސްކޮށް ކަލަންޑަރު ހުށަހެޅުން.
  6. މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ އިންތިޚާބު.
  7. މޯލްޑިވްސް އެކުއަޓިކްސްގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރުން.
  8. މެންބަރުންގެ އިތުރު ޚިޔާލު.
  9. ޖަލްސާ ނިންމުން.

އަހަރީފީގެ މަޢުލޫމާތު

  1. އެގްޒެކެޓިވް މެންބަރުން: 500.00
  2. ހިންގާ ކޮމިޓީގެ މެންބަރުން: 300.00
  3. ދާޢިމީ ކުލަބު މެންބަރުން: 1000.00
  4. ދާޢިމީ ވަކިވަކި މެންބަރުން: 100.00

ނޯޓް: 28 ފެބުރުއަރީ 2026 ގެފަހުން އަހަރީ ފީބަލައިގަނެވޭނީ 100.00 ރުފިޔާގެ ޖޫރިމަނާއަކާއެކުގައެވެ. އަހަރީ ފައިސާ ދައްކާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 7704278341001 ނަންބަރު އެކައުންޓަށް އޮންލައިންކޮށެވެ. ފައިސާ ދެއްކުމަށްފަހު 7250707 ނަންބަރަށް ސްލިޕްކޮޅު ފޮނުވަން ވާނެއެވެ. ސްލިޕްކޮޅުގައި މެންބަރުގެ މަޢުލޫމާތު ހިމަނަން ވާނެއެވެ.

ވީމާ މޯލްޑިވްސް އެކުއަޓިކްސްގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިނޯޓިހާ އެކުގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކޮށް 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މޯލްޑިވްސް އެކުއަޓިކްސްގެ 2025 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ އާއި، 2025 ވަނައަހަރުގެ އަހަރީ ރިޕޯޓާއި، އަދި 2025 ވަނައަހަރުގެ ޚަރަދު ރިޕޯޓުގެ އިތުރުން 2026 ވަނައަހަރުގެ ބަޖެޓު މެންބަރުންނާ ހިއްސާކޮށް މެންބަރުން ހުށަހަޅާ ޚިޔާލު ހުށަހަޅާން ފުރުސަތުދިނުމަށް ހަމަޖެހިފައިވާތީ އަހަރީ އާއްމު ޖަލްސާގައި މިދެންނެވި ރިޕޯޓުތަކާ ލިޔެކިޔުންތަކުގެ ތަފުސީލު ހުށަނާޅައި ޚުލާސާ ހުށަހެޅުމަށްފަހު ވޯޓަށް އަހަން ހަމަޖައްސާފައިވާ ވާހަކަވެސް މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.


our sponsors and partners

މޯލްޑިވްސް އެކުއަޓިކްސްގެ 2026 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިސް