އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Amna Thazkiyah Mirsaad

އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބަަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 01:12.28 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިރާލް ޢައިން ލަތީފެވެ. އެއީ، 2024 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު، 19 ވަނަ ސިންގަޕޯ ނޭޝަނަލް ސްވިމިންގް ޗެމްޕިއަންޝިޕްސް 2024 ގައި 01:13.96 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި