އަންހެނުންގެ ލޯންގްކޯސް ދުއިސައްތަ މީޓަރު އިންޑިވިޖުއަލް މިޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Amna Thazkiyah Mirsaad

އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 02:39.86 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިރާލް ޢައިން ލަތީފެވެ. އެއީ، 2025 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު، 22 ވަނަ ވޯލްޑް އެކުއަޓިކްސްް ޗެމްޕިއަންޝިޕްސް ގައި 02:42.46 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

އަންހެނުންގެ ލޯންގްކޯސް ދުއިސައްތަ މީޓަރު އިންޑިވިޖުއަލް މިޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި