Amna Thazkiyah Mirsaad
އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 00:28.49 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އާއިޝަތު ޢުލްޔާ ޝާއިޤް އެވެ. އެއީ، 2024 ވަނަ އަހަރު އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސް ގައި 00:31.49 އިން ރޭސް ނިންމައިގެންނެވެ.
our sponsors and partners