Amna Thazkiyah Mirsaad
އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރްޞާދު އާކޮށްފިއެވެ. ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި ތަޒްކިޔާ މި ރެކޯޑް އާކޮށްފައިވަނީ 01:03.67 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، 2025 ވަނަ އަހަރު ސިންގަޕޫރު ގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 01:04.04 އިން ރޭސް ނިންމައިގެންނެވެ.
our sponsors and partners