އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 28 ފެތުންތެރިން ބައިވެރިވެއްޖެ

Maldives Aquatics

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ފެތުންތެރިންގެ ޓީމު ބައިވެރިވެއްޖެއެވެ.
މި ހިނގާ ޖުލައި މަހުގެ 17 އިން 25 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ފެތުންތެރިންނަކީ އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން، މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން ޝިފާން، އަލްފީ ސަމާހް ހަލީމް، ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ މުހައްމަދު، ސާރާ އަހްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރެވެ.
މި ދަތުރުގައި ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅެވެ. ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރެވެ.

 


our sponsors and partners

އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 28 ފެތުންތެރިން ބައިވެރިވެއްޖެ