Sarah Mohamed
އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާރާ މުޙައްމަދު އާކޮށްފިއެވެ. ބެންކޮކްގައި މިހާރު ކުރިޔަށްދާ 12 ވަނަ އޭޝިޔަން އޭޖް ގްރޫޕް ސްވިމިންގް ޗެމްޕިއަންޝިޕް 2026 ގައި ސާރާ މި ރެކޯޑް އާކޮށްފައިވަނީ 00:35.75 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސާޖިނާ އެވެ. އެއީ، 2016 ވަނަ އަހަރު މެލޭޝިޔާ ގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގައި 00:37.17 އިން އިވެންޓް ފުރިހަމަ ކޮށްގެނެވެ.
our sponsors and partners