Looth Mohamed Hussain
ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން އާކޮށްފިއެވެ. ލޫޠު މި ރެކޯޑު އާކޮށްފައިވަނީ ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގައި ވާދަކޮށް، 01:10.63 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން ވެސް އާކޮށްފައިވަނީ ލޫޠު އެވެ. އެއީ 2025 ވަނަ އަހަރު ރޮމޭނިޔާ ގައި ބޭއްވުނު 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ޗެމްޕިއަންޝިޕްގައި 01:10.95 އިން އިވެންޓު ނިންމައިގެންނެވެ.
our sponsors and partners