Mohamed Aan Hussain
ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ހުސައިން އާކޮށްފިއެވެ. އާން މި ރެކޯޑު އާކޮށްފައިވަނީ ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގައި ވާދަކޮށް، 29.18 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން ވެސް އާކޮށްފައިވަނީ އާން އެވެ. އެއީ 2024 ވަނަ އަހަރު ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި ކުރިޔަށްދިޔަ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި 29.51 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
our sponsors and partners