Maldives Relay Team
ލޯންގްކޯސް ހަތަރެއް ގުނަ ސަތޭކަ މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. އެއީ ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގައި 04:00.64 އިން ރޭސް ނިންމައިގެންނެވެ. މިރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ، މުޙައްމަދު އާން ޙުސައިން، މުޙައްމަދު ރިޙާން ޝިހާމް، އަމްނާ ތަޒްކިޔާ މިރުޞާދު އަދި މިރާލް ޢައިން ލަތީފް އެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުންވެސް އާކޮށްފައިވަނީ ހަމަ މި ޓީމުންނެވެ. އެއީ 2025 ވަނަ އަހަރު ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި، 04.04.21 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
our sponsors and partners